އިންޑިއާގެ ދުސްތޫރީ ހަމަތަކަކަކީ އެހެން ގައުމުތަކުގެ ޑިމޮކްރަސީއަށް ނަމޫނާއެއް: ރައީސް ސޯލިހު

އިންޑިއާގެ ދުސްތޫރީ ހަމަތަކަކަކީ އެހެން ގައުމުތަކުގެ ޑިމޮކްރަސީއަށް ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ 73 ވަނ...

26 Jan 2022 | 12:14

އިންޑިއާގެ ދުސްތޫރީ ހަމަތަކަކަކީ އެހެން ގައުމުތަކުގެ ޑިމޮކްރަސީއަށް ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ 73 ވަނަ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ދުވަހުގެ ތަހުނިޔާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެޤައުމުގެ ރައީސްއާއި އެޤައުމުގެ ރައްޔިތުންނަށް އަރިސްކުރައްވާ ރައީސް ކުރެއްވި ޓްވީޓްގައެވެ.

އެ ޓްވީޓުގައި ރައީސް ވިދާޅުވީ އިންޑިއާގެ ޖުމްހޫރިއްޔަތާއި، ޑިމޮކްރަސީ އަކީ ވެސް އެހެން ގައުމުތަކަށް ނަމޫނާއެއް ކަމަށެވެ.

https://twitter.com/ibusolih/status/1486233129283387399?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1486233129283387399%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F97904

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިޔާއިން އަލަށް އެކުލަވާލި އެޤައުމުގެ ޤާނޫނުއަސާސީ ވުޖޫދުވެ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުން މިނިވަންވެ މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ދިޔަ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް