ސާމްޕަލްތައް އެއްރަށުން އަނެއް ރަށަށް އުފުލުމަށް 13 ލޯންޗެއް ހޯދަނީ

ސާމްޕަލްތައް އެއްރަށުން އަނެއް ރަށަށް އުފުލުމަށް 13 ލޯންޗެއް ހޯދަން އިޢުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވަނީ ވަރލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ "ކޮވިޑް-19 އެމަޖެން...

26 Jan 2022 | 12:07

ސާމްޕަލްތައް އެއްރަށުން އަނެއް ރަށަށް އުފުލުމަށް 13 ލޯންޗެއް ހޯދަން އިޢުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވަނީ ވަރލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ "ކޮވިޑް-19 އެމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމް ޕްރިޕެއާޑްނަސް ޕްރޮޖެކްޓް" ގެ ދަށުން ހެލްތް މިނިސްޓްރީގެ ބޭނުމަށް ސާމްޕަލް ޓްރާންސްފަރ ކުރާނެ 13 ސްޕީޑް ބޯޓު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާރޗު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާ އިރު ފިނޭންސް މިނިސްޓްރީ ގައެވެ.

މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް 1،500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭއިރު، މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރު އަދަދެއްގެ ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ބީލަމަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ ގެ އުސޫލުގެ މަތިން ކަމަށާއި އެކަން ކުރާނީ ވަރލްޑް ބޭންކް ގައިޑްލައިންސް އައިޑީއޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ތައްޔާރުކޮށްފައިވާ ރެގިއުލޭޝަނާ އެއްގޮތަށް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް