ލ. ދަނބިދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ފެނަކައިގެ އައު އޮފީސް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިއަދުު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިންދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ދަނބިދޫ ފެނަކައިގެ އައު އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނު ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މި މަސައްކަތަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވެ ރަޖިސްޓްރީކުރުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި ފެށޭ ފެބްރުވަރީ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 15:00 އާއި ހަމައަށެވެ.
އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފު ކުރެވޭނެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10 ފެބްރުވަރީ 2022 އާއި ހަމައަށެވެ.
އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 14 ފެބްރުވަރީ 2022 ގެ 10:00 ނިޔަލަށެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރުމަށް މެއިލް ކުރާނީ [email protected] އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް