ބަނގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް)ގެ މައްޗަށް އދ. ދަނގެތީ މަހްމޫދު އަބޫބަކުރު މަރައިލި ކަމަށް ދައުލަތުން ކޮށްފައިވާ ދެ ދައުވާއަށް އިއުތިރާފްވެފައި ވާތީ ސާލިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ސާލިމްގެ މައްޗަށް އުފުލާފައިވަނީ، ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި،މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.
އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ކުޑަ ކޮށްދިނުމަށް ކޯޓުގައި ސާލިމވަނީ އެދިފައެވެ. ނަމަވެސް މަހްމޫދުގެ ހުރިހައި ވާރިސުން ވެސް ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށް ވާތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފައި ވަނީ ސާލިމާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދެންނެތްކަމަށެވެ.
އަނިޔާވެރިގޮތަކަށް މަރާލައިފައިއޮށްވާ މަހުމޫދުގެ ހަށިގަނޑުފެނުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުންނަ ފެން ވަޅެއްގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް