ބްރިޖު ކައިރިންވެސް މިހާރު ސާންޕަލް ނެގޭނެ

ބްރިޖަށް އަރާތާ ކައިރި އޮންނަ ޕާކިން ޒޯންގައި ސާމްޕަލް ކަލެކްޝަން ސެންޓަރެއް މިއަދު ހެނދުނު ހުޅުވައި ސާންޕަލް ނެގޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މި ސެންޓަރުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ...

26 Jan 2022 | 06:45

ބްރިޖަށް އަރާތާ ކައިރި އޮންނަ ޕާކިން ޒޯންގައި ސާމްޕަލް ކަލެކްޝަން ސެންޓަރެއް މިއަދު ހެނދުނު ހުޅުވައި ސާންޕަލް ނެގޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މި ސެންޓަރުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް ހިދުމަތް ދޭނެ ކަމަށް އެޗްޕީއޭން ބުނެއެވެ. ހުކުރު ދުވަހު އެ ސެންޓަރުން ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށެވެ.

ސޯޝަލް ސެންޓަރުގައާއި ހެންވޭރު ދަނޑުގައިހުން ސާންޕަލް ސެންޓަރާއެކު މިއީ ހަ ވަނަ ސެންޓަރެވެ.

ސޯސަލް ސެންޓާރުން ސާންޕަލް ނަގައިދޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެދުވަހަކު 009:ން 12:00 އަށް އަދި  ހަވީރު 15:00ން 18:00 އަށެވެ. ހެންވޭރު ދަނޑުގައި ހުންނަށް ސެންޓަރުން ކޮންމެދުވަހަކު ހަވީރު 15:30ހުން 18:30ހަށް ސާންޕަލް ނަގައިދޭނެއެވެ.

ވިލިމާލޭ ފުލޫ ކުލިނިކުގައި ވެސް ކޮންމެ ދުވަހަކު 16:00ން 18:30އަށް ސާންޕަލް ނަގއިދޭނެއެވެ.

ހުޅުމާލޭގައި ރުއްގަނޑު-1 ސަރަހައްދާއި ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ސާންޕަލް ނެގޭނެ ސެންޓަރުތައް ހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް