ސަރުކާރުގެ ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ އެއްވެސް އަސަރެއް ނެތް: ފަތުހީ

ސަރުކާރުގެ ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ އެއްވެސް އަސަރެއް ނެތް ކަމަށް ކޮމަންޑު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމް ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް...

26 Jan 2022 | 04:42

ސަރުކާރުގެ ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ އެއްވެސް އަސަރެއް ނެތް ކަމަށް ކޮމަންޑު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމް ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ "މަޖިލިސް ބަހުސް" ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއަދު ގައުމުގެ ކޮރަޕްޝަނުގެ ހާލަތު މިހާރު 10 ގުނަ ދަށަށް ގޮސްފައިވާ ކަމަށާއި މި ސަރުކާރު މިއޮތްގޮތަށް އޮވެ ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަކީ ވާނެކަމެއް ނޫން ކަމަށެވެ. އަދި ވެންޓިލޭޓަރު ޚިޔާނާތާއި ރައްޔިތުންގެ ކަންބޮޑުވުން އޮތް "މެޑިކަލް މާފިއާ" ގެ މައްސަލަތައް ވެސް ސަރުކާރަށް ނުބެލޭކަން ފަތުހީ ވަނީ ފާހަގަކުރައްވާފައެވެ.

މިހާރު ކަންކަން އޮތް ގޮތާއި ދޭތެރޭ ރައްޔިތުން ހިތްހަމަޖެހޭތޯ ސުވާލު އުފައްދަވާ ފަތުހީ ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ލޯތްބާއެކު އިންތިޚާބުވެއްޖެނަމަ މަޖިލީހުގައި ހަމައެކަނި ސްވިޗަކަށް ފިއްތަން އިންނަ ފަރާތަކަށް އޭނާ ނުވެ ކަންކަން ބަދަލުކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް