"ދުވަސް"ގެ ޕޯލް: ވާދަވެރި ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނީ ކާކު؟ އަވަހަށް ވޯޓުދީ!

ކެމްްޕެެއިންގެ ފޯރި ގަދަވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރާނެ މީހެއް އަންދާޒާ ކުރުމުގެ މަސައްކަތް ސޯޝަލް މީޑިއާގައި ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ. އޭގެ...

25 Jan 2022 | 20:53

ކެމްްޕެެއިންގެ ފޯރި ގަދަވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރާނެ މީހެއް އަންދާޒާ ކުރުމުގެ މަސައްކަތް ސޯޝަލް މީޑިއާގައި ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.

އޭގެ ތެރެއިން "ދުވަސް" އިން ރޭގެ ވަގުތެއްގައި ފެށި ޕޯލްއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައި އެވެ. ދުވަސްގެ ޕޯލް ކުރިޔަށް ގެންދަނީ ފޭސްބުކްގައި އެވެ.

https://web.facebook.com/groups/1659194854294008/posts/3031605393719607/

ޕޯލްއަށް ވޯޓު ދިނުމުފެ ފުރުސަތު އަދިވެސް އޮތް އިރު ގިނަ ބައެއްގެ ސަމާލުކަން "ދުވަސް" ގެ ޕޯލްއަށް ދަނީ ލިބެމުންނެވެ. ދުވަސްގެ ޕޯލްގައި ހިމަނާފައިވާ ސުވާލަކީ ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ މޫސާ ފަތުހީ، މުހައްމަދު ރާޝިދު ނުވަތަ އަބްދުލް ހަންނާންތޯ އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ކުއްލިއަކަށް ބޮޑުވީ އެ ދާއިރާގެ އިންތިހާބާއި ދިމާާކޮށް ބޮޑެތި މަޝްރޫއުތަކެއް ސަރުކާރުން އިއުލާނުކޮށް، އަމަލީ މަސއްކަތް ފެށުމުންނެވެ. ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި ބައި އިލެކްޝަނާއި އެކު ހާއްސަކޮށް ކޮމަންޑޫ ވަނީ ސިންގަޕޫރަށް ވެފައި އެވެ.

އިދިކޮޅު ޕީޕީއެމްއިން ބުނަމުންދަނީ ސަރުކާރުން ފަށަމުންދާ ހުރިހާ ޕްރޮޖެކްޓަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސޮއި ކޮށް ހަވާލުކޮށް ނިންމާފައިވާ މަސައްކަތްތައް ކަމަށެވެ. ހަންނަނާނަށް އެފަދަ ވާހަކައެއް ދެއްކެން ނެތް ނަމަވެސް އޭނާ ދަނީ ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ ދާއިރާއަށް ކޮށްދޭނެ ގިނަ ކަންކަން ހާމަ ކުރަމުންނެވެ.

އެހެން ކަމުން މި ޕޯލްއަށް ވޯޓު ދީގެން ދާއިރާގެ ރައްޔިތުންގެ ހިޔާލު ފާޅު ކުރުމަކީ މުހިންމު ކަމެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް