މިމަހު ފަހެއްގެ ފަހުން ކޮޅުފުއްޓަށް ދިޔަ މީހުން ކަރަންޓިންވާން އަންގައިފި

މިމަހު ފަސް ވަނަ ދުވަހުގެ ފަަހުން މ. ކޮޅުފުއްޓަށް ދަތުރުކޮށްފައިވާ މީހުން ކަރަންޓީން ވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ. އެރަށުން މާލެ އައި މީހަކު ކޯވިޑަށް ޕޮސިޓިވް އޭ...

26 Jan 2021 | 16:23

މިމަހު ފަސް ވަނަ ދުވަހުގެ ފަަހުން މ. ކޮޅުފުއްޓަށް ދަތުރުކޮށްފައިވާ މީހުން ކަރަންޓީން ވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެރަށުން މާލެ އައި މީހަކު ކޯވިޑަށް ޕޮސިޓިވް އޭނަ އާއި ގުޅުން ހުރި ބަޔަކު އެ ރަށުން ޕޮސިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ބުނެފައިވެ އެވެ. އެ ކޭސް އާއި ގުޅިގެން މިހާތަނަށް ނެގި 105 ރެންޑަމް ސާމްޕަލްގެ ތެރެއިން ނުވަ ސާމްޕަލެއް ވަނީ ކޯވިޑަށް ޕޮސިޓިވްވެފައި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މި މުއްދަތުގައި މ. ކޮޅުފުށިން މާލެއަށް ދަތުރުކޮށްފައިވާ މީހުން 1676 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުން އެދޭކަމަށެވެ. އަދި އަތޮޅުތެރެއަށް ދަތުރުކޮށްފައިވާ މީހުން އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް ރިޕޯޓު ކުރަން އެދޭ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިމަހުގެ ފަހެއްގެ ފަހުން ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން އަންގާކަމަށެވެ. ކަރަންޓީނު ނިމުމަށްފަހު ކޯވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިއްބެވުމަށްވެސް އަންގާފައިވެ އެވެ.

ކޮޅުފުށީގައި ކޯވިޑް ކްލަސްޓައެއް އުފެދިފައިވާ އިރު މިމަހުގެ24 ވަނަ ދުވަހު އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ. އަދި އެރަށް އަރައި ފޭބުން ވަނީ މަނާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް