ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު، ޝިންޒޯ އަބޭ އަށް 'ޕަދްމާ ވިބުޝަން' ގެ އެވޯޑު އިންޑިޔާއިން ދީފިއެވެ.
ކޮންމެ އަހަރަކުވެސް ދޭ މި އެވޯޑު، މިއަހަރު ވަނީ ޝިންޒޯގެ އިތުރުން ހަ މީހަކަށް ވަނީ ލިބިފައެވެ. އެއީ އެސް ޕީ ބާލަސުބްރަމަނިއަންއާއި، ޑރ ބެއްލޭ މޮނައްޕަ ހެޖްއާއި، ނަރިންދަރ ސިން ކަޕަނީއާއި، މައުލާނާ ވަހީދުއްދީން ހާންއާއި، ބީ ބީ ލާލް އަދި ސުދާރސަން ސަހޫއެވެ.
1954 ވަނަ އަހަރު ދޭންފެށި މި އެވޯޑަކީ އިންޑިޔާގެ ދެވަނައަށް އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑު ދެނީ ގަދަރުވެރި އަދި އަރާހުރި ހިދުމަތް ތަކެއް ކޮށްދީފައިވާ ފަރާތްކަށެވެ.
އިންޑިޔާއިން ދޭ ޕަދްމާ އެވޯޑުގެ ދިން ދަރަޖައެއް ވެއެވެ. އެއީ 'ޕަދްމާ ވިބުޝަން' ގެ އިތުރުން 'ޕަދްމާ ބުޝަން' އާއި 'ޕަދްމާ ޝިރި' އެވެ. މީގެ ތެރެއިން އެންމެ ޝަރަފުވެރި ދަރަޖައަކީ ޕަދްމާ ވިބުޝަންއެވެ.
ޝިންޒޯ އަބޭ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަޕާނުގެ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދީފައިވަނީ އާލާސްކަންފުޅާއި ހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް