ކުޑައިރު ދޮން ވާންވެގެން ވަރަށް ފުށް ޖެހީން - ޕްރިޔަންކާ

ބޮލީވުޑު އަދި ހޮލީވުޑުގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ކުޑައިރުގައި ވަރަށް ގިނައިން ފުށްޖެހިކަމަށް ބުނެފިއެވެ. އެގޮތުން ކުޑައިރު ކަޅުކަމުން ވަރަށް ދެރަވާ ކަމަށާއި އަދި އެހެންވެގެން ކަޅުކަމު...

26 Jan 2021 | 15:14

ބޮލީވުޑު އަދި ހޮލީވުޑުގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ކުޑައިރުގައި ވަރަށް ގިނައިން ފުށްޖެހިކަމަށް ބުނެފިއެވެ.

އެގޮތުން ކުޑައިރު ކަޅުކަމުން ވަރަށް ދެރަވާ ކަމަށާއި އަދި އެހެންވެގެން ކަޅުކަމުން ދޮން ވުމަށްޓަކައި ޓެލްކަމް ފުށް ޖެހި ކަމަށްވެސް ޕްރިޔަންކާ ވަނި ބުނެފައެވެ.

އެހެން ނަމަވެސް ކުޑައިރު ކަޅުކަމަށް ދެކެވިގެން ފުށް ޖެހުނީތި މިހާރު ވަރަށް ދެރަވާ ކަމަށްވެސް ޕްރިޔަންކާ ވަނީ ހާމަކޮށްފައެވެ.

ކުޑައިރު އޭނާއަށް ހީވެފައި އޮތީ ކަޅުވުމަކީ ހަޑި ސިފައެއް ކަމަށާއި އަދި ދޮންވާ ކްރީމްތަކުގެ އިޝްތިހާރު ކުޅެވުނީތީވެސް މިހާރު މޮޔަ ހީވާކަމުގައި ޕްރިޔަންކާ ބުނެފައިވެއެވެ. އެހެން ނަމަވެސް މިހާރު އޭނާ ވަނީ މިފަދަ އިޝްތިހާރު ކުޅުން ހުއްޓާލާފައެވެ.

އަމިއްލަ ނަފުސު ދެކެ ލޯބިވުމަށާއި އަދި ޕޮޒިޓިވްކޮށް ހަށިގަނޑާމެދު ދެކުން މުހިންމުކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް