މަލައިކާގެ ސްޓްރެޗް މާކުތައް ފެނުމުން އާންމުންގެ ފާޑުކިޔުންތައް

މަލައިކާ އަރޯރާ އަކީ މީގެ ކުރިންވެސް އޭނާގެ ބަނޑުގައިވާ ސްޓްރެޗް މާކުތައް ފެނުމުން އާންމުންގެ ފާޑުކިޔުން އަމާޒުވަމުންދާ ތަރިއެކެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މަލައިކާ ޖިމަށް ގޮސް ކާރުން ނިކުނ...

26 Jan 2021 | 12:37

މަލައިކާ އަރޯރާ އަކީ މީގެ ކުރިންވެސް އޭނާގެ ބަނޑުގައިވާ ސްޓްރެޗް މާކުތައް ފެނުމުން އާންމުންގެ ފާޑުކިޔުން އަމާޒުވަމުންދާ ތަރިއެކެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މަލައިކާ ޖިމަށް ގޮސް ކާރުން ނިކުންނަ މަންޒަރެވެ. އަދި ޖިމުން ނިކުންނަ މަންޒަރެވެ. މަޑު ފިޔާތޮށި ކުލައިގެ ހެދުމެއްގައި މަލައިކާ ހުރިއިރުގައި އޭނާގެ ބަނޑު ހުރީ ފެންނާށެވެ.

މަލައިކާގެ ސްޓްރެޗް މާކްތައް ފެނުމުން އެއް ބަޔަކު އޭނާއަށް މަލާމާތްކޮށް ފާޑުކިޔުން އަމާޒުވެފައި ވާއިރު އަނެއް ބަޔަކު ބުނަމުންދަނީ މަލައިކާ އަކީ ވަރަށް ހިތްވަރުގަދަ މީހެއް ކަމަށާއި އަދި އޭނާއަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ މީހެއްގެ ގޮތުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.

އުމުރުން.47 އަހަރުގެ މަލައިކާ އަކީ ކުރިން އަރުބާޒު ޚާން އާ ކައިވެނިކޮށްގެން ދަރިއަކުވެސް ލިބިފައިވާ ތަރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް