މަޖަލަކަށް ހަދައި، ކިރާއެކު ތުއްތު ކުއްޖަކަށް ބިޔަރާއި އެނާޖީ ޑްރިންކް ބޯންދިން ވީޑިއޯއެއް އިންޑޮނޭޝިޔާގައި ދައުރުވަނީ

މަޖަލަކަށް ހަދައި، ކިރާއެކު ތުއްތު ކުއްޖަކަށް ބިޔަރާއި އެނާޖީ ޑްރިންކް ބޯންދިން މީހެއްގެ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. މިހާރު މި މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެ...

26 Jan 2021 | 11:25

މަޖަލަކަށް ހަދައި، ކިރާއެކު ތުއްތު ކުއްޖަކަށް ބިޔަރާއި އެނާޖީ ޑްރިންކް ބޯންދިން މީހެއްގެ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. މިހާރު މި މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިންޑޮނޭޝިޔާގައި ހިނގި މި ހާދިސާގެ ވީޑިއޯ މީސްމީޑިޔާގައި ހަލުވި ކަމާއެކު މިހާރު އަންނަނީ ދައުރުވަމުންނެވެ.

މިކަން ހިނގާފައި ވަނީ މި މަހުގެ20 ވަނަ ދުވަހު ކުރިއަށްދިޔަ ޕާޓީއެއްގައެވެ. އެއީ އަންޑިކާ ނަމަކަށް ކިޔާ މި މީހާ އޭނާގެ ފަސް ރަހުމަތްތެރިންނާއެކު އޭނާގެ ބޭބެގެ ގޭގައި އޮތް ޕާޓީއެއްގައެވެ.

އެ ތުއްތު ކުއްޖާއަކީ އަންޑިކާގެ ބޭބެގެ ދަރިފުޅެވެ. އަދި މިކަން ހިނގި ވަގުތު އެ ކުއްޖާގެ މަންމަ އާއި ބައްޕަ ތިބީ ބަދިގޭގައި ކައްކާށެވެ.

އެ ކުއްޖާ ނިދުމުން އަންޑިކާ ކައިރީގައި ބާއްވާފައި ކުއްޖާގެ ބުއްފުޅިއަށް ބިޔަރު އެޅީއެވެ. އަދި އެ ފުޅި ކުއްޖާއަށް ޖައްސާފައި ވާކަމަށް އިންޑޮނޭޝިއާގެ ފުލުހުން ހާމަކޮށްފައި ވެއެވެ.

https://www.youtube.com/watch?v=B82aWaAZBBs

އެ އަމަލު ވީޑިއޯ ކުރުމަށްފަހު މީސް މީޑިޔާއަށް ލާފައިވަނީ އަންޑިކާއާގެ އެކުވެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް