2021 ވަނައަހަރުގެ ޕީ.އެސް.އައި.ޕީ ގައި ޞިއްޙީ ދާއިރާ އަށް ކަޑައެޅިފައިވާ ބަޖެޓުގައި ހިމެނޭ މަޝްރޫޢޫތައް އެމަޝްރޫޢެއް ނިސްބަތްވާ 16 ކައުންސިލްއަކާ ކައުންސިލާ ހަވާލުކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ސަރުކާރުން ނިންމަވާފައިވާ ނިންމެވުމެކެވެ.
މި މަޝްރޫޢުގައި ހިމެނެނީ، ހއ.ފިއްލަދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން، ހއ.މާރަންދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން، ހއ.ވަށަފަރު ސިއްހީ މަރުކަޒު އެކްސްޓެންޝަން، ހދ.ފިނޭ ހެލްތު ސެންޓަރު ވަށާ ފާރު ރޭނުން، ހދ.ވައިކަރަދޫ ހެލްތު ސެންޓަރ އެކްސްޓެންޝަން، ރ.ވާދޫ ހެލްތު ސެންޓަރ އެކްސްޓެންޝަން، ރ.މާކުރަތު ސިއްހީ މަރުކަޒު އެކްސްޓެންޝަން، ރ.އަނގޮޅިތީމު ހެލްތު ސެންޓަރ އެކްސްޓެންޝަން، ރ.ހުޅުދުއްފާރު ސިއްހީ މަރުކަޒު އެކްސްޓެންޝަން، އއ.ފެރިދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން އިމާރާތް، މ.މުލައް ސިއްހީ މަރުކަޒު އެކްސްޓެންޝަން، ލ.މާމެންދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން، ގއ.ނިލަންދޫ ހެލްތް ސެންޓަރު އިމާރާތް، ގއ.މާމެންދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުން، ގއ.ދެއްވަދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން އަދި ގއ. ފިޔަވަރީ ސިއްހީ މަރުކަޒު އެކްސްޓެންޝަންއެވެ.
ހެލްތު ސެންޓަރ އެކްސްޓެންޝަނުގައި ހިމެނެނީ، ޖެނެރަލް އޮފީސް، ޕަބްލިކް ހެލްތު، ކޮންފަރެންސް ރޫމް، ކައުންސެލިންގ ރޫމް، ލޯންޑްރީ، ސްޓޯރ އަދި ގަރާޖު ހިމެނޭ ޢިމާރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް