ކައުންސިލު އިންތިޚާބު އެޕްރިލް 10 ގައި ބާއްވަން ނިންމައިފި

ކައުންސިލު އިންތިޚާބު އެޕްރިލް 10 ގައި ބާއްވަން ނިންމައިފި އެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އިންތިޚާބުގެ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމ...

26 Jan 2021 | 09:27

ކައުންސިލު އިންތިޚާބު އެޕްރިލް 10 ގައި ބާއްވަން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އިންތިޚާބުގެ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށެވެ. އަދި ރަމަޟާން މަހުގެ ކުރިން އިންތިޚާބު ބޭއްވުމަށް އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ލަފާދޭ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިޚާބު ބޭއްވޭ ގޮތަށް އިންތިޚާބުގެ ޚާއްސަ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި މަހުގެ 21 ވަނަ ދުވަހު، ވަނީ ތަސްދީގުކުރައްވާފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުންސިލް އިންތިޚާބު ބޭއްވާނަމަ އަމަލުކުރަންޖެހޭނެ ގޮތުގެ ގައިޑްލައިން ޑްރާފްޓްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްކްޝަންސް ކޮމިޝަނަރ ހިއްސާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް