ދިރާގު އިންޓަނެޓް ބޭނުން ކުރާ ފަރާތްތަކަށް ހަދިޔާއެއް!

ދިރާގު އިންޓަނެޓް ބޭނުން ކަސްޓަމަރުންނަށް އިތުރު 50 ޕަސެންޓް ޑޭޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. ދިރާގުން ބުނީ މި ޕްރޮމޝަން ކުރިޔަށްދާއިރު ޕަވާ ޑޭޓާ ޕްލޭން އެކްޓިވޭޓް ކުރާ ކޮންމެ ފަހަރަކު އެ ކު...

26 Jan 2017 | 10:19

ދިރާގު އިންޓަނެޓް ބޭނުން ކަސްޓަމަރުންނަށް އިތުރު 50 ޕަސެންޓް ޑޭޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޝަން ކުރިޔަށްދާއިރު ޕަވާ ޑޭޓާ ޕްލޭން އެކްޓިވޭޓް ކުރާ ކޮންމެ ފަހަރަކު އެ ކުރާ ފްލޭން އެއްގެ އިތުރަށް 50 ޕަސެންޓް ޑޭޓާ ހިލޭ ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ޕްރީޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ އެވެ.

އެގޮތުން 500 އެމްބީގެ ޕެކޭޖެއް ނެގުމުން 750 އެމްބީ، ދެ ޖީބީ ނެގުމުން ތިން ޖީބީ، ތިން ޖީބީ ނެގުމުން 4.5 ޖީބީ އަދި ފަސް ޖީބީ ނެގުމުން 7.5 ޖީބީ ޑޭޓާ ލިބޭނެ އެވެ. އަދި އަށް ޖީބީ ނެގުމުން 12 ޖީބީ ގެ އިތުރުން 15 ޖީބީ ނެގުމުން 22.5 ޖީބީ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ 50 ޕަސެންޓް ޑޭޓާ ލިބޭނީ އިތުރުޗާޖަކާއި ނުލާ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން ފެބްރުއަރީ ނުވައެއްގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް