އެމެރިކާގެ މިޝަން ސަޕޯޓް ކޮމާންޑަރ، ޑިފެންސް މިނިސްޓަރގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފި

އެމެރިކާ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ގުޅިގެން މާލޭގައި ކުރިއަށްގެންދިޔަ ލޮޖިސްޓިކް ސަބްޖެކްޓް މެޓަރ އެކްސްޕާޓް އެކްސްޗޭންޖު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައ...

26 Jan 2017 | 09:52

އެމެރިކާ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ގުޅިގެން މާލޭގައި ކުރިއަށްގެންދިޔަ ލޮޖިސްޓިކް ސަބްޖެކްޓް މެޓަރ އެކްސްޕާޓް އެކްސްޗޭންޖު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ ނުވަވަނަ މިޝަން ސަޕޯޓް ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ސްޓެފަން ކޫރްޑާ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، އެމެރިކާ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން ލޮޖިސްޓިކް ޕްލެޓް ފޯމެއް ޤާއިމްކުރެއްވުމަށްޓަކައި އެމެރިކާ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ލޮޖިސްޓިކާ ގުޅޭ ދާއިރާތަކުގައި މަސައްކަތްކުރާ ސިފައިންގެ ތަޖުރިބާ ޙިއްސާކުރުމަށް މާލޭގައި ކުރިއަށްގެންދިޔަ ލޮޖިސްޓިކް ސަބްޖެކްޓް މެޓަރ އެކްސްޕާޓް އެކްސްޗޭންޖު ޕްރޮގްރާމާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް