މޯލްޑިވް ގޭސްގެ 10 މުވައްޒަފަކަށް މަތީ ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބިއްޖެ

މޯލްޑިވް ގޭސްގެ ދިހަ މުވައްޒަފަކަށް އެކުންފުނީގެ ޚަރަދުގައި މަތީ ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު ދިންކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ. މިކަމާއި ގުޅިގެން ސިޓްރޯންގައި މިއަދު ބޭއްވި ޚާއްސަ ޚަފްލާ...

26 Jan 2017 | 09:16

މޯލްޑިވް ގޭސްގެ ދިހަ މުވައްޒަފަކަށް އެކުންފުނީގެ ޚަރަދުގައި މަތީ ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު ދިންކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.

މިކަމާއި ގުޅިގެން ސިޓްރޯންގައި މިއަދު ބޭއްވި ޚާއްސަ ޚަފްލާއެއްގައި، ޑިޕްލޮމާ އިން ފެށިގެން މާސްޓާރސް ގެ އެކި ކޯސްތަށް މޯލްޑިވް ގޭސްގެ ދިހަ މުވައްޒަފަކަށްދީ އެކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ މަޢުމޫނު އެވެ.

މިއަދު ބޭއވުނު މިޚާއްސަ ޚަފްލާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ މަތީ ތަޢުލީމު ޙާސިލް ކުރުމުގެ ފުރުސަތު ހުޅުވާލި އިރު އެކަމަށް އެންމެ ފުރަތަމަ މަދު ބަޔަކު ކުރިމަތިލީ ކަމުގައި ވިޔަސް މިހާރު އެއަދަދަު އިތުރުވަމުން އަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި ގިނަ މުވައްޒަފުން އެފުރުސަތުގެ ބޭނުން ހިފާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ކޯލް ސެންޓަރުގައި އިންނަ ކުއްޖާ ނިންމައިގެން ނުވާނެ އަބަދު ފޯނުކުރަން އިންނަން، ކުރިއަރަންވާނެ،" މައުމޫން ވިދާޅުވި އެވެ.

މީގެ އިތުރުން މޯލްޑިވް ގޭސްގެ އެމްޑީ ޢަބްދުﷲ މަޢުމޫނު ވިދާޅުވީ، އެކުންފުނީގެ މުވައްވަފުންނަކީ ތަޢުލީމު ޙާސިލް ކޮށްފައި ތިބި ބަޔަކަށް ހަދަން ބޭނުންވާ ކަމަށާއި ފަސްނުޖެހި މުވައްޒިފުން އެފުރުސަތުގެ ބޭނުން ހިފުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް