ރައީސްގެ ފަރާތްޕުޅުން މިނިސްޓަރު ތޯރިގު އދ. އަތޮޅުގައި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އދ. އަތޮޅަށް ވަޑައިގެންފި އެވެ. އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މިދަތުރަކީ އެ އަތޮޅު...

26 Jan 2017 | 06:32

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އދ. އަތޮޅަށް ވަޑައިގެންފި އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މިދަތުރަކީ އެ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވައި ރަށްރަށުގައި ކުރިޔަށް ގެންދާ މަޝްރޫތަކުގެ މައުލޫމާތުދީ އެ ރަށްރަށަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް މިނިސްޓަރު ތޯރިގު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މިދަތުރުފުޅުގައި މިނިސްޓަރު އަރިހުގައި މަޖިލީހުގެ ޕީޕީއެމްގެ ފަސް މެންބަރުންނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ބައިވެރިވެވަޑައިގެންނަވަ އެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު ހަންޏާމީދޫ އަށެވެ. އެ ރަށަަށް ވަޑައިގެން ކައުންސިލާއި ބައްދަލު ކުރައްވާ މިނިސްޓަރު ވަނީ ހަންޏާމީދޫގައި ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫތަކާއި ގުޅޭ މައުލޫމާތު ދެއްވާފައި އެވެ.

އަދި އެ ރަށަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބެހޭ މައުލޫމާތު ކައުންސިލް މެދުވެރިކޮށް ހޯދާފައިވާއިރު މިނިސްޓަރު ވަނީ އެ ރަށުގައި ކުރިޔަށް ގެންދާ މަޝްރޫއުތައް ކުރިޔަށްދާ ސަރަހައްދަށް ވަޑައިގެން މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައި އެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި މިއަދު ހަންޏާމީދޫގެ އިތުރުން އޮމަދޫ އާއި މަހިބަދޫއަށް ވަޑައިގެންނަވާނެ އެވެ. އަދި ކުރިޔަށް އޮތް ދެ ދުވަސްތެރޭ އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް