އިތުރު ގޮތެއް ނެތިގެން ޕާކިސްތާނުގައި ބޮލީވުޑް ފިލްމުތައް ދައްކަން ފަށަނީ

ކަޝްމީރު މައްސަލައިގަ ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު އުފެދުނު ކޯޅުންގަނޑުގައި ހުރިހާ އަސަރެއް ކުރީ ބޮލީވުޑަށެވެ. ބޮލީވުޑްގައި މަސައްކަތް ކުރާ ހުރިހާ ޕާކިސްތާނު އެކްޓަރުންގެ އިންޑިއާއިން ބޭލުމުން ބަ...

26 Jan 2017 | 06:02

ކަޝްމީރު މައްސަލައިގަ ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު އުފެދުނު ކޯޅުންގަނޑުގައި ހުރިހާ އަސަރެއް ކުރީ ބޮލީވުޑަށެވެ.

ބޮލީވުޑްގައި މަސައްކަތް ކުރާ ހުރިހާ ޕާކިސްތާނު އެކްޓަރުންގެ އިންޑިއާއިން ބޭލުމުން ބަދަލުގައި ޕާކިސްތާނުން ވަނީ ބޮލީވުޑްގެ އެއްވެސް ފިލްމެއް ޕާކިސްތާނުގައި ދެއްކުން މަނާކޮށްފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނުގެ އެ ނިންމުން ނިމުމަކަށް ގެންނަން ޕާކިސްތާނު ސަރުކާރުން ވަނީ ނިންމާފައި އެވެ

ބޮލީވުޑް ފިލްމުތައް ޕާކިސްތާނުގައި ދެއްކުން އެ ގައުމުގެ ސަރުކާރުން މަނާ ކުރިފަހުން މިހާރު ހަތަރު މަސްވެއްޖެ އެވެ. އެ ނިންމުން އުވާލައި އަލުން ބޮލީވުޑް ފިލްމުތައް ދައްކަން ހުއްދަ ދޭން ނިންމުމުން އެންމެ ފުރަތަމަ ސިނަމާތަކުގައި ދައްކަން ފަށާނެ ކަމަށް ބެލެވެނީ އިއްޔެ ރިލީޒް  ކުރި ސާރުކް ހާންގެ "ރައީސް" އާއި ރިތިކް ރޯޝަންގެ "ކާބިލް" އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނު ސަރުކާރުން އަދި ރަސްމީކޮށް އެ ހުއްދަ ދީފައެއް ނުވެ އެވެ. އެކަމަކު އަލުން ހުއްދަދޭން ނިންމާފައިވަނީ ސިނަމާތައް ހިންގާ ފަރާތްތަކުން ސަރުކާރުގައި އެކަމަށް އެދެމުންދާތީ އެވެ.

އެމީހުން ބުނަމުން ދަނީ ޕާކިސްތާނުގައި ނެރޭ ފިލްމުތައް އެކަނި ދައްކައިގެން ސިނަމާތަކަށް ލިބެމުންދާ އާމްދަނީ ދަށްވެފައިވާ ކަމަށެވެ. އެހެންވެ ބޮލީވުޑް ފިލްމުތައް ދެއްކުން މަނާކޮށްފައި އޮތް އޮތުމަށް ސަރުކާރުން ދުލެއް ދިނުމަށް އެމީހުން އެދިފައިވެ އެވެ.

ބެލެވޭ ގޮތުގައި އަލުން ހުއްދަ ދިނަސް ދޭނީ ޕާކިސްތާނު ސަރުކާރުން ބޭނުންވެގެންނެއް ނޫން ކަމަށް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް