ޝިދާތާގެ ޕާސްޕޯޓު ހިފައްޓައިފި

އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ. ޕާސްޕޯޓު ހިފެހެއްޓީ ރާއްޖެއިން ބޭރަށް ގޮސް އެނބުރި ވަޑައިގެންނެވުމުންނެވެ. ޝިދާތާ އަކީ އަދާލ...

26 Jan 2017 | 04:11

އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ޕާސްޕޯޓު ހިފެހެއްޓީ ރާއްޖެއިން ބޭރަށް ގޮސް އެނބުރި ވަޑައިގެންނެވުމުންނެވެ. ޝިދާތާ އަކީ އަދާލަތު ޕާޓީގެ ފޮރިންގ ރިލޭޝަން ކޮމިޓީގެ ރައީސާ އެވެ.

އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޝިދާތާގެ ޕާސްޕޯޓުހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ޝިދާތާ ހުންނެވީ އެއާޕޯޓުގައި ހިފަހައްޓާފައި ކަމަށް އަދާލަތުން ބުނެފައިވެ އެވެ.

މިސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝިދާތާ ޝަރީފް ދުވަހަށް ވިދާޅުވީ އޭނާ ރާއްޖެވަޑައިގެންނެވުމުން ޕާސްޕޯޓު ހިފެހެއްޓުމުން ގެންދިޔައީ އެއާޕޯޓުގައި ހުންނަ ޓޫރިސްޓް ޕޮލިސް އަށް ކަމަށެވެ. އަދި އެތަނުން ދިން ލިޔުމުގައި ޖަހާފައިވަނީ އިމިގްރޭޝަނުން ޕާސްޕޯޓު ހިފެހެއްޓި ކަމަށް އެކަނި ކަމަށެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުގައި އޭނާ ބައިގަޑިއެއްހާއިރު ހުންނަން ޖެހުނު ކަމަށެވެ. އެކަމަކުޕާސްޕޯޓު ހިފެހެއްޓި ސަބަބު ބުނެފައިނުވާ ކަމަށެވެ.

"ޕޮލިހުން ދިން ލިޠުމުގައި އޮތީ އިމިގްރޭޝަނުން ޕާސްޕޯޓު ހިފެހެއްޓިކަމަށް އެކަނި. ހިފެހެއްޓި ސަބަބެއް ނޭނގެ ދޫކޮށްލި އިރުވެސް،" ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މިމަހުގެ 17 ގައި އެވެ. ޝިދާތާގެ ޕާސްޕޯޓު މިއަދު ހިފެހެއްޓި މައްސަލައިގަ ކަމާ ބެހޭ އެއްވެސް ފަރާތަކުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ފުލުހުން ވަނީ ދައުލަތް ހިންގުމަށާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝިދާތާގެ ފޯނުވެސް ހިފަހައްޓާފައި އެވެ. އެފަހަރު ޝިދާތާގެ އިތުރުން އިދިކޮޅު އިއްތިހާދުގެ ވެރިންތަކެއްގެ ފޯޓު ހިފަހައްޓާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް