ފަހަކަށް އައިސް ކެންސަރު ބަލި ޖެހުން އިތުރުވެފައިވާ ސަބަބު ދެނެގެންފި

މިފަހަކަށް އައިސް ކެންސަރު ބަލި ޖެހުން އާންމުވެފައިވާ ސަބަބު ދެނެގަތުމަށް ދިރާސާއެއް ކޮށްފި އެވެ. އިނގިރޭސިވިލާތުގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ އެގްރިކަލްޗރަލް ރިސާޗުން ކުރި ދިރާސާއަށްފަހު އެ ޓީމުން ބު...

26 Jan 2017 | 02:15

މިފަހަކަށް އައިސް ކެންސަރު ބަލި ޖެހުން އާންމުވެފައިވާ ސަބަބު ދެނެގަތުމަށް ދިރާސާއެއް ކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ އެގްރިކަލްޗރަލް ރިސާޗުން ކުރި ދިރާސާއަށްފަހު އެ ޓީމުން ބުނީ މިފަހަކަށް އައިސް ކެންސަރު ޖެހުން އިތުރުވެފައިވަނީ ރީތިވުމަށާއި ކެއުމަށް ބޭނުންކުރާ ބައެއް ސާމާނުގެ ސަބަބުން ކަމަށެވެ. އޭގެ ތެރެއިން ހާއްސަކޮށް ދަތްއުނގުޅާ ބޭހާއި ބިސްކޯދާއި، ޗްވިންކަމްގެ އިތުރުން ސަންލޯޝަންގެ ބައެއް ބާވަތްތަކުން ކެންސަރު ޖެހުމަށް މަގުފަހިވެ އެވެ.

ދިރާސާގައި ބުނެފައިވަނީ އެސާމާނުތައް އުފެއްދުމުގައި ޓައިޓޭނިއަމް ޑައިއޮކްސައިޑް ކިޔާ ކެމިކަލެއް ބޭނުން ކުރުމުގެ ސަބަބުން ކެންސަރު ބަލި ޖެހުމަށް މަގުފަހިވާ ކަމަށެވެ. އަދި އެ ކެމިކަލްގެ ސަބަބުން އިންސާނާގެ ބަނޑާއި ބޮޑުކަމުދާ ނިޒާމުގެ ގުޅުވައިދޭ ބައި ބަލިކަށިކޮށްލަ އެވެ.

މީގެ ކުރިން ކެންސަރާއި ގުޅޭގޮތުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ފާރުގައި ލާން ބޭނުންކުރާ ބައެއް ވައްތަރުގެ ކުލަ އުފެއްދުމަށްވެސް ޓައިޓޭނިއަމް އޮކްސައިޑު ބޭނުން ކުރާ ކަމަށާއި އޭގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށެވެ. އެކަމަކު ފާރުގައިލާ ކުލައަކަށް އެ ކެމިކަލް  އެޅުމުގެ ސަބަބުން އިންސާނުންނަށް ވާނެ ގެއްލުން އޭރު ހާމަކޮށްދެވިފައެއް ނުވެ އެވެ.

އެކަމަކު އެ ދިރާސާ އާއި ގުޅިގެން ފްރާންސް ސަރުކާރުން ވަނީ ޓައިޓޭނިއަމް އޮކްސައިޑް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސާމާނު ހޯދަން އެގައުމުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް