ސައުދީ އަރަބިއްޔާ އަށް 2012 ވަނަ އަހަރު ކުރިމަތިވި އެންމެބޮޑު އެއް ގޮންޖެހުން ކަމަށްވާ "ޝަމްއޫން ވައިރަސް"ގެ އުނދަގޫ އަނެއްކާވެސް އެގައުމަށް ޖެހިއްޖެ އެވެ.
އެގައުމުގެ ކޮމްޕިއުޓަރ އެމަޖެންސީ ރެސްޕޮންސް ޓީމް (ސާޓް) ގެ މެމްބަރެއް ކަމުގައިވާ އަބްދުއްރަހްމާން އަލް ފާރިއާ ބުނެފައިވަނީ މި ވައިރަސްގެ އުނދަގޫ ސަރުކާރުގެ 22 އޮފީހަކަށް މިހާރު ފޯރާފައިވާކަމަށާއި ވައިރަސް އިން ކޮމްޕިއުޓަރުތައް ސަލާމަތް ކުރެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި ވައިރަސް ސައުދީން އެއްމެ ފުރަތަމަ ފެނިފައިވަނީ 2012 ވަނަ އަހަރުގަ އެވެ. އެ އަހަރު ސައުދީގެ ތެޔޮ ކުންފުންޏެއް ކަމަށްވާ ސައުދީ އަރަމްކޯގެ އެތައް ހާސް ކޮމްޕިއުޓަރަކަށް މި ވައިރަސްގެ އަސަރު ކޮށް އެ ކޮމްޕިއުޓަރުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި އެވެ. ސައުދީގެ ކަމާބެހޭ ބައެއް ފަރާތްތަކުން ގަބޫލުކުރާގޮތުގައި މި ވައިރަސް އަކީ އިރާނުން އުފައްދާފައިވާ ވައިރަސް އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް