އިއްޔެ ހިނގި ހާދިސާއެއްގައި އިޒްރޭލު ސިފައިންގެ ހަމަލާއެއްގައި ފަލަސްތީނު ރައްޔިތަކު މަރާލައިފި އެވެ.
އިޒްރޭލުން ބުނެފައިވަނީ އެ މީހާގެ ގަޔަށް ބަޑި ޖަހާ މަރާލަން މަޖުބޫރުވީ ދުއްވާ އެއްޗެއްގައި އައިއސް ހުޅަނގުބިތުގެ ބަސް ސްޓޮޕެއްގެ ތެރެއަށް ގަދަކަމުން ވަދެގަންނަންނަން މަސައްކަތް ކުރުމުން ކަމަށެވެ. އަދި އޭނާގެ އަތުގައި ވަޅިއެއްވެސް އޮތް ކަމަށެވެ.
މި ފަހަކަށް އައިސް އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާއި މެދު އަމަލުކުރަމުން އަންނަގޮތާއި މެދު ބައެއް ފަރާތްތަކުން ފާޅުކަންބޮޑުގޮތެއްގައި އިޒްރޭލަށް ބަހުގެ ހަމަލާތައް ދެމުން ދިޔަ ނަމަވެސް އިޒްރޭލުން ބުނަމުން އަންނަނީ އެ ގައުމުން ކުރަމުން އަންނަ މަސައްކަތަކީ އަމިއްލަ ގައުމުގެ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް