މަޝްވަރާ މޭޒަށް ދިއުމަށް ނިންމާފައެއް ނެތް: އަދާލަތު

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީއާއި ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ މޭޒަށް ދިއުމަށް ނިންމާފައި ނެތް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ. އެ ޕާޓީން މިކަން ހާމަކުރީ މިއަދު ކޮށްފައިވާ ޓްވީޓެއްގަ އެވެ. އެ ޓް...

26 Jan 2015 | 11:44

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީއާއި ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ މޭޒަށް ދިއުމަށް ނިންމާފައި ނެތް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އެ ޕާޓީން މިކަން ހާމަކުރީ މިއަދު ކޮށްފައިވާ ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އެ ޕާޓީން ބުނެފައިވަނީ "އެމްޑީޕީ އަދި ޖޭޕީ އާ އެއްކޮށް، މަޝްވަރާގެ މޭޒަށް ދިއުމަށް އަދާލަތު ޕާޓީން ނިންމާފައި ނެތް" ކަމަށެވެ.

https://twitter.com/AdhaalathOffice/status/559651725733146624

އަދާލަތުން މިހެން ބުނެފައިވާއިރު އެމްޑީޕީ އިން މިއަދު ބުނެފައި ވަނީ ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ޕާޓީތަކުން "އެއް މޭޒެއްގައި" މަޝްވަރާކުރަން ނިންމައިފަވާ ކަމަށާއި އެގޮތުން އަދާލަތު ޕާޓީ އިން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް