ނަޑެއްލާ ފިރިހެނަކު އަމިއްލަ ބަނޑަށް ވަޅި ހަރައިފި

ދެމަފިރިން ދޭތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ނަޑެއްލާ ފިރިހެނަކު އޭނާގެ އަމިއްލަ ބަނޑަށް ވަޅި ހަރައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު ވިދާޅުވީ އެ ފިރ...

26 Jan 2015 | 10:06

ދެމަފިރިން ދޭތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ނަޑެއްލާ ފިރިހެނަކު އޭނާގެ އަމިއްލަ ބަނޑަށް ވަޅި ހަރައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު ވިދާޅުވީ އެ ފިރިހެން މީހާ ބަނޑަށް ވަޅި ހެރީ އަމިއްލައަށް ކަމަށް މަންޒަރު  ދުއް ބައެއް މީހުން ބުނާ ކަމަށާއި އެގޮތަށް ކަންތައްކުރީ އަނބިމީހާއާ ދެމެދު ޖެހުނު މައްސަލައެއްގައި ކަމަށްވެސް މީހުން ބުނާ ކަމަށެވެ.

"އެހާ ބޮޑު ވަޅިއެއް ނޫން އެއީ، އެއް އިންޗި ފުންމިނަަށް ވަޅި ވަދެފަ ހުރީ، މިހާރު ހޮސްޕިޓަލަށް ގެންގޮސް ވަޅި ހެރުނު ތަން ފަހާ ބޭސް އަޅައިފި" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ އަމިއްލަ ބަނޑަށް ވަޅި ހެރި ޒުވާނާ އަށް އިތުރަށް ފަރުވާ ދިނުމަށާއި އެތެރެއަށް އެއްވެސް ވަރެއްގެ ޒަހަމެއް ލިބިފައިވޭތޯ ބެލުމަށް އެއަތޮޅު ތިނަދޫ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނަޑެއްލާގައި އާއިލާއެއްގެތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު ޒަހަމްވެފައިވާކަމުގެ ރިޕޯޓް 2:15 ހާއިރު ލިބިފައިވާކަމަށެވެ. އަދި ޒަހަމްވީ 27 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް