މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފިހާރައެއް އިންޑިއާގެ ޓްރެވިންޑްރަމްގައި ހުޅުވުމަށް ބިޑަށް ލައިފި އެވެ.
މިފްކޯއިން ބުނީ ރާއްޖެއިން ބޭރުން އެ ކުންފުނީގެ އުފެއްދުންތައް ލިބޭނެ ގޮތް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ފިހާރައެއް ހުޅުވަން ނިންމާފައިވަނީ އިންޑިއާގައި ކަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ އަންނަ ރޯދަ މަހުގެ ކުރިން މިފްކޯގެ މަސް ފިހާރައެއް ޓްރެވިންޑްރަމްގައި ހުޅުވުމަށެވެ.
އެ ކުންފުނިން ބުނީ އެހެން ފިހާރަތަކެކޭ އެއްގޮތަށް އިންޑިއާގައި ހުޅުވޭ ފިހާރައިން ވެސް މިފްކޯގެ ހުރިހާ އުފެއްދުމެއްހެން ލިބޭނެ ކަމަށެވެ.
މިފްކޯގެ ފިހާރައެއް އިންޑިއާގައި ހުޅުވާއިރު، މިއަހަރުގެ ތެރޭގައި އެކުންފުނީގެ ފިހާރަތައް ސްރީލަންކާގައި އާއި މެލޭޝިއާގައި ވެސް ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް