މަސްތުވާތަކެއްޗާއި އެކު އަތުލައިގެން ދެ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގައި ތުހުމަތުގައި ހައްޔަރުކުރި ދެ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ ފުލުހަކާއި އެ މައްސަލައ...

26 Jan 2015 | 06:50

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގައި ތުހުމަތުގައި ހައްޔަރުކުރި ދެ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ ފުލުހަކާއި އެ މައްސަލައިގައި ހައްޔަރުކުރި އިތުރު މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ ތިން މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އަދި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބައިތިއްބައިގެން ތަހުގީގު ކުރިޔަށް ގެންދިއުމުގެ ހުއްދަ އެރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފައި އެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އެ ފުލުހުންނާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ެއެ މީހުން ހައްޔަރުކޮށްފައިވަނީ ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި، މާލެއިން ފުވައްމުލަކަށް ދިޔަ ފްލައިޓަކުން ގެންދިޔަ ފޮށިގަނޑަކާ ހަވާލުވާން ދިޔަ ވަގުތު އެވެ. މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅު ފެނިފައިވަނީ އެމީހުން ހަވާލުވި ފޮށިގަނޑު ބަލައި ފާސްކުރިއިރު ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް