އިދިކޮޅު ޕާޓީތަކުގެ މަޝްވަރާ ތަކުގައި ބައިވެރިވާން އެމްޑީޕީން ނިންމައިފި

އިދިކޮޅު ޕާޓީތަކުގެ މަޝްވަރާ "އޯލް ޕާޓީ ޓޯކްސް" ގައި ބައިވެރިވާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ. އެ ޕާޓީން މިއަދު ނެރުނު ބަޔާނެގައި ބުނެފައިވަނީ އޯލް ޕާޓީ ޓޯކްސްގައި އ...

26 Jan 2015 | 04:53

އިދިކޮޅު ޕާޓީތަކުގެ މަޝްވަރާ "އޯލް ޕާޓީ ޓޯކްސް" ގައި ބައިވެރިވާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެގައި ބުނެފައިވަނީ އޯލް ޕާޓީ ޓޯކްސްގައި އެމް.ޑީ.ޕީން ބައިވެރި ވުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ މަސްރަހު ސަރުކާރުގެ ހުދުމުހުތާރު ސިޔާސަތުތަކުގެ ސަބަބުން ހަލަބޮލިވެފައި މިވާ ދަނޑިވަޅުގައި ހުރިހާ ސިޔާސީ ޕާޓީ ތަކެއްގެ މެދުގައި ވާހަކަ ދައްކައިގެން ރާއްޖެއަށް އޮތް އެންމެ ރަގަނޅު ގޮތަކީ ކޮބާތޯ ބެލުމާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ކުރެވޭނީ ކޮންކޮން ކަންކަމެއްތޯ ބެލުން ކަމަށެވެ.

އެމް.ޑީ.ޕީގެ ފަރާތުން އޯލް ޕާޓީ ޓޯކްސަގައި ބައިވެރިވެ ވަޑައިގަންނަވާނީ ޕާޓީގެ ޗެއާރޕާރސަން އަލީ ވަހީދު، ޕާރލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުޙައްމަދު ސޯލިހް، މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މާރިޔާ އަޙުމަދު ދީދީ، ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޝާހިދު އަދި މާލޭ ސިޓީގެ މޭޔަރ މުޙައްމަދު ޝިހާބު ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމްޑީޕީން އެ ބުނާ މަޝްވަރާތަކުގައި ޑީއާރުޕީއާއި ޖުމްހޫރީ ޕާޓީވެސް ބައިވެރި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް