ފުލުހުން ތަހުގީގު ކުރަމުން އަންނަ ބިންވެރިޔާ ކޮރަޕްޝަނާ ގުޅޭ މައްސަލައިގާ ފަޒީލް ރަޝީދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިރޭ ބުނެފައިވަނީ ބިންވެރިޔާ ހައުސިން ސްކީމް އާއި ގުޅުންހުރި މައްސަލައާއި ގުޅިގެން ފަޒީލްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މިއަދު ހިފަހައްޓާފައިވާކަމަށެވެ.
ފަޒީލްގެ ފޯނު ހިފަހައްޓާފައިވާއިރު އޭނާގެ ކޮއްކޮ ފަޒުލް ރަޝީދު ދިރިއުޅޭގެ ފުލުހުން ބަލާ ފާސްކޮށް ބައެއް ސާމާނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. ފަޒީލް ވަނީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން ސަސްޕެންޑްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް