ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު ތެރޭގައި ހިނގި ހަމަ ނުޖެހުމާކާއި ގުޅިގެން ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރި ވަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު މެންދުރު ފަހު15:15 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ސޯސަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯއިން ފެންނަ ގޮތުގައި ހަމަނުޖެހުން ހިނގާފައިވަނީ ދެ ފިރިހެނުންގެ ދެމެދުގައެވެ.
ބައެއް މަސްދަެރުތަކުން ބުނާގޮތުގައި އެ މީހުންނަކީ ލަންކާއަށް ނިސްބަތްވާ ދެމީހުންނެވެ. އަދި އެ ދެމީހުން ތިބީ މަސްތުގެ ހާލަތުގައިު ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް