އައު އަހަރާ ދިމާކޮށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އޮޕަރޭޝަންގައި ޑްރަގް އެންފޯސްމެންޓާއި ހުޅުމާލެ ޕޮލިސް ސްޓޭޝަން، މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. ފުލުހުން މި އޮޕަރޭޝަން ފަށާފައިވަނީ އާ އަހަރާ ދިމާކޮށް މަސްތުވާތަކެތި ވިއްކައި ބޭނުންކުރުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭތީއެވެ.
މި އޮޕަރޭޝަން ފަށާފައިވަނީ އިއްޔެއެވެ.
ފުލުހުން ފަށާފައިވާ މި އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާ ކަމަށް ޝައްކުކުރެވޭ ކެފޭ، ރެސްޓޯރެންޓުތައް މޮނިޓަރ ކޮށް ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
ކޮންމެ އާ އަހަރަކަާއި ދިމާކޮށް ވެސް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް