ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މިޔަރު އަދި މަޑިމަސްތަކެއް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައިވާ މިޔަރު އަދި މަޑިމަސްތަކެއް ނައްތާލައިފިއެވެ. މިތަކެއްޗަކީ ޤާނޫނު ނަންބަރު: 2022/13 (ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގ...

25 Dec 2024 | 08:26

ކަސްޓަމްސްއިން ހިފަހައްޓާފައިވާ މިޔަރު އަދި މަޑިމަސްތަކެއް ނައްތާލައިފިއެވެ.

މިތަކެއްޗަކީ ޤާނޫނު ނަންބަރު: 2022/13 (ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނު) ގެ ދަށުން ރާއްޖެއިން ބޭރުކުރުން މަނާތަކެތި ހުރިކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި ދެނެގަނެވިފައިވާ ތަކެތިކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިގޮތުން ބަލައިފާސްކުރެވުނު ކޮންޓެއިނާގެ ތެރެއިން ހިފެހެއްޓުނު 582 ކިލޯގެ މިޔަރު އަދި މަޑިމަސް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތާލެވިފައިކަމަށާއި މި ތަކެތި ނައްތާލާފައިވަނީ 22 ޑިސެމްބަރ 2024 ވަނަ ދުވަހު ކ. ތިލަފުށި ކުނި ނައްތާލާ ސަރަޙައްދުގައި ކަމަށް ބުނެފައިވެއެވެ.

މިޔަރާއި މަޑީގެ ބާވަތްތަކަކީ ޤަވާއިދު ނަންބަރު: 2020/R-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާންމު ޤަވާޢިދު) ގެ 7 ވަނަ ބާބު (ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކާއި، އެކްސްޕޯޓް ކުރުން މަނާ ބާވަތްތައް) ގެ 17 ވަނަ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖެއިން ބޭރުކުރުން މަނާ ތަކެއްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް