ސިޔާމް އަކީ އެއްވެސް މީހަކަށް އަދި ހާއްސަކޮށް އަންހެނަކަށް އަނިޔާކުރާނެ މީހެއް ނޫން: ޒާރާ

އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އަކީ އެއްވެސް މީހަކަށް އަދި ވަކިން ހާއްސަކޮށް އަންހެނަކަށް އަނިޔާއެއް ކުރާނެ މީހެއް ނޫންކަމުގައި އޭނާގެ ހަގު އަނބި އާމިނަތު ޒާރާ (ކަމަދޫ ޒާރާ) ބުނެފިއެވެ. ޒާރާ...

25 Dec 2024 | 07:56

އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އަކީ އެއްވެސް މީހަކަށް އަދި ވަކިން ހާއްސަކޮށް އަންހެނަކަށް އަނިޔާއެއް ކުރާނެ މީހެއް ނޫންކަމުގައި އޭނާގެ ހަގު އަނބި އާމިނަތު ޒާރާ (ކަމަދޫ ޒާރާ) ބުނެފިއެވެ.

ޒާރާ މިހެން ބުނެފައިވަނީ ރަލުގެ އަމަލުގައި ސިޔާމް ޒާރާއަށް ކުރި އަނިޔާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ޒާރާއަށް ފަރުވާދެމުން އަންނަކަމަށް އަޑުތަކެއް ފެތުރެމުންދާ މި ދަނޑިވަޅުގައި އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.

ޒާރާ ބުނެފައިވަނީ އޭނާގެ ފިރިމީހާއަކީ އެފަދަ ކަމެއް ކުރާނެ މީހެއް ނޫންކަމަށާއި އަދި ވަކިން ހާއްސަކޮށް ސިޔާމް އަކީ އަންހެނަކަށް އަނިޔާއެއް ކުރާނެ މީހެއް ނޫންކަމަށެވެ.

"އެއީ ބަނޑުއަޅާ ވިހޭ މަންމަ ދެކެ އިންތިހާއަށް ލޯބިވާ އިންސާނެއް، އެކަމުން ދޭހަކޮށްދެނީ އޭނާގެ ޝަހުސިއްޔަތު، ސިޔާމް އަކީ ބުރަ މަސައްކަތްކުރާ ހިތްވަރުގަދަ ނަޒާހަތްތެރިއެއް"  ޒާރާ ބުނެފައިވެއެވެ.

ޒާރާ ބުނެފައިވަނީ ސިޔާމްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދައި ފުރައްސާރަވެސް ކުރެވިދާނެކަމަށާއި އެހެންނަމަވެސް ސިޔާމްގެ އެ ނަޒާހަތްތެރިކަމަކީ އޭނާގެ ކިބައިން ނިގުޅައިގެނެވޭނެ ސިފައެއް ނޫންކަމަށެވެ.

"އެމީހުންގެ ހިޔާލާ ނަޒަރިއްޔާތަކީ އެމީހުންގެ މައްސަލައެއް، އަހަރެންގެ ސިޔާމަކީ ލޯބިވުމާއި އޯގާތެރިކަމުގައި ދެމިހުރި ފިރިއެއް" ޒާރާ ބުނެފައިވެއެވެ.

ޒާރާ އިތުރަށް ބުނެފައިވަނީ އެފަދަ ވާހަކަތައް ނުފެތުރުމަށާއި އެފަދަ އަޑުތައް ގަބޫލު ނުކުރުމަށް އެދޭކަމަށާއި ރުޅި އަންނަ މީހުން ކިތަންމެ ރުޅި އައިނަމަވެސް "to the moon and back" މިންވަރަށް ޒާރާ ސިޔާމްދެކެ ލޯބިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް