ޗައިނާއިން ތައިވާނުގެ ގްރޭ ޒޯންގެ ތެރެއަށް ހަތް ޖެޓާއި އަސްކަރީ ދެ ކަނޑުބޯޓު

ތައިވާނުގެ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޗައިނާގެ އަސްކަރީ ހަތް މަތިންދާބޯޓާއި ކަނޑުގެ ސިފައިންގެ ދެ އުޅަނދެއް އެ ގައުމުގެ ވަށައިގެން ދުއްވާފައި ވާކަމަށެވެ. އެމްއެ...

25 Dec 2023 | 13:58

ތައިވާނުގެ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޗައިނާގެ އަސްކަރީ ހަތް މަތިންދާބޯޓާއި ކަނޑުގެ ސިފައިންގެ ދެ އުޅަނދެއް އެ ގައުމުގެ ވަށައިގެން ދުއްވާފައި ވާކަމަށެވެ.

އެމްއެންޑީން ބުނީ ޑިސެމްބަރު 22 ވީ ހުކުރު ދުވަހުގެ ހެނދުނު ހަތަރަކާއި ޑިސެމްބަރު 22 ހޯމަ ދުވަހުގެ މެންދަމު 2:00 ހާއިރު ޗައިނާގެ މަތިންދާ ބޯޓުތަކާއި ކަނޑުގެ އުޅަނދުތައް ޓްރެކްކޮށްފައިވާ ކަމަށެވެ.

ތައިވާން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕީއެލްއޭގެ ހަތް މަތިންދާބޯޓުގެ ތެރެއިން ތިން މަތިންދާ ބޯޓު (ދެ ޝިއާން އެޗް-6 އަދި ޝާންސީ ވައި-8) ވަނީ އެ ގައުމުގެ ހުޅަނގު ދެކުނު އަދި ދެކުނު އިރުމަތީ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން (އޭޑީއައިޒެޑް) އަށް ވަދެފައެވެ.

ތައިވާނުން މިކަމަށް ރައްދު ދީފައިވަނީ މަތިންދާ ބޯޓާއި ކަނޑުގެ އުޅަނދުތަކާއި ވައިގެ ދިފާއީ މިސައިލް ސިސްޓަމްތަކާ އެކު ޕީއެލްއޭގެ އޮޕަރޭޝަންތައް މޮނިޓާކޮށްގެންނެވެ.

ބެއިޖިންއިން ވަނީ މިމަހުގެ މިހާތަނަށް 126 ނޭވީ އުޅަނދާއި 198 އަސްކަރީ މަތިންދާބޯޓާއެކު ޓައިވާން ވަށާލާފައެވެ.

ތައިވާން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޗައިނާއިން އަންނަނީ ގްރޭ ޒޯން ޓެކްޓިކްސް ގިނައިން ބޭނުންކުރަމުން ކަމަށާއި، ތައިވާން ސަރަހައްދުގައި އަސްކަރީ މަތިންދާ ބޯޓުތަކާއި ކަނޑުގެ ސިފައިންގެ އުޅަނދުތަކުގެ މަސައްކަތް މަޑުމަޑުން ފުޅާކުރަމުން އަންނަ ކަމަށެވެ.

ތައިވާނާއި ޗައިނާގެ މަސްރަހު މި ފަހުން ގޯސްވެގެން ގޮސްފައިވަނީ ތައިވާނުން އެމެރިކާއާއި ގުޅުން ބަދަހިކުރަން ފެށި ހިސާބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް