އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ފްރާންސްގެ ރައީސް މެކްރޮން

އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަށް މަރުހަބާ ދެންނެވުމަށް އިންޑިއާއިން އުއްމީދުކުރާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ...

25 Dec 2023 | 13:49

އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަށް މަރުހަބާ ދެންނެވުމަށް އިންޑިއާއިން އުއްމީދުކުރާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ. އަދި އިންޑިޔާ-ފްރާންސް ޒަމާންވީ ގުޅުން ފާހަގަކޮށް، ޑިމޮކްރެޓިކް ހަމަތަކަށް ދެޤައުމުގެ މެދުގައި އޮންނަ އިތުބާރު ވެސް ފާހަގަކުރާނަން." މޯދީ ހުކުރު ދުވަހު "އެކްސް" ގައި ލިޔުއްވާފައިވެއެވެ.

ފަރަންސޭސި ވިލާތުގެ ރައީސް މެކްރޮން ވަނީ އިންޑިއާގެ އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތުމަށް ދަތުރުފުޅު ކުރައްވާނެކަން ކަށަވަރުކޮށްދެއްވައި، އެ ދައުވަތަށް މޯދީއަށް ޝުކުރު އަދާކުރައްވާފައެވެ. "ތިޔަ ބޭފުޅުންގެ ދައުވަތަށް ޝުކުރު ދަންނަވަން، އަޅުގަނޑުގެ އެކުވެރި ނަރެންދުރަ މޯދީ، ތިޔަބޭފުޅުންގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގައި އަޅުގަނޑު ބައިވެރިވާނަން!" މެކްރޮން ވަނީ އެކްސްގައި ޕޯސްޓްކޮށްފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ މޯދީގެ ދައުވަތަކަށް 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން  އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

"ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިންޑިއާއަށް ވަޑައިގަންނަވާނެ،" އެމްއީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގިނަ ކަންކަމުގައި އިންޑިއާ އާއި ފަރަންސޭސިވިލާތާ ދެމެދު ވަރަށް ގާތްގުޅުމެއް އޮވެއެވެ. މިއީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ފަރަންސޭސި ވިލާތުގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ފަރަންސޭސި ވިލާތުގެ ލީޑަރަކު ބައިވެރިވެވަޑައިގަންނަވާ ހަވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މެކްރޯންގެ ކުރިން 1976 ވަނަ އަހަރާއި 1998 ވަނަ އަހަރު އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ފަރަންސޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޖެކް ޗިރާކް ބައިވެރިވެވަޑައިގެންނެވިއިރު، 1980، 2008 އަދި 2016 ވަނަ އަހަރު ކުރީގެ ރައީސުން ކަމަށްވާ ވެލެރީ ގިސްކާޑް ޑި އެސްޓައިންގް، ނިކޮލަސް ސާކޯޒީ އަދި ފްރާންސުވާ އޮލާންދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަހަރު އިންޑިއާއިން ފާހަގަކުރާނީ އިންޑިޔާ-ފްރާންސް ސްޓްރެޓެޖިކް ޕާޓްނަރޝިޕަށް 25 އަހަރު ފުރުން ކަމަށާއި މީގެ އިތުރުން 14 ޖުލައި 2023 ގައި ޕެރިހުގައި ބޭއްވި ބެސްޓިލް ޑޭ ޕެރޭޑްގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި މޯދީ ބައިވެރިވެ ވަޑައިގަނެފައިވާކަމަށް އެމްއީއޭ އިން ބުންޏެވެ.

މޯދީ ފަރަންސޭސިވިލާތަށް ވަޑައިގެންނެވީ ފަރަންސޭސި ރައީސް މެކްރޮންގެ ދައުވަތަކަށެވެ. މީގެ އިތުރުން ފްރާންސްގެ ރައީސް މެކްރޮން ވެސް ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގެ ރިޔާސަތުގައި ބޭއްވި ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންފަ އެވެ.

ޖީ-20 ސަމިޓުގެ ހަވާސާގައި ރައީސް މެކްރޮން އާއި ބޮޑުވަޒީރު މޯދީ ވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ދިއްލީގައި ބައިލެޓްރަލް ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުކުރެއްވުމަށްފަހު މޯދީ ވިދާޅުވީ އިންޑިއާ އާއި ފަރަންސޭސިވިލާތުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ދިފާއީ، ޖައްވީ، މަދަނީ ނިއުކްލިއާ، ވިޔަފާރީގެ ދާއިރާ، އިންވެސްޓްމަންޓް، ތައުލީމާއި ސަގާފަތާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ފަދަ އެކި ދާއިރާތަކުން އިންޑިއާ އާއި ފަރަންސޭސިވިލާތުން ވަރަށް ގާތުން އެއްބާރުލުން ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް