މަސީން ދޭ އެންމެ ފަޚުރުވެރި ލަޤަބު ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވައިފި

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ދޭ އެންމެ ފަޚުރުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ. މިއީ މ...

25 Dec 2023 | 10:53

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ދޭ އެންމެ ފަޚުރުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.

މިއީ މި ލަޤަބު އެރުވި ފުރަތަމަ ފަހަރެވެ. މި ލަޤަބު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ރޭ ހޮޓެލް ޖެންގައި ކުރިއަށްދިޔަ "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ޙަފުލާގައެވެ. މި ލަޤަބު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް އެމަނިކުފާނު ގެނެސްދެއްވާފައިވާ ކުރިއެރުމާއި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައާއި މާލޭ ސިޓީ މޭޔަރުގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާކަން މަސީންވަނީ މި ޙަފުލާގައި ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް އިމާރާތްކުރެވުނު އެންމެ އުސް އިމާރާތްތައް ބިނާކުރެވިގެން ދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. އޭގެތެރޭގައި އައި.ޖީ.އެމް.އެޗް.ގެ 25 ބުރީގެ އިމާރާތާއި، ހިޔާ މަޝްރޫއު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރާއްޖޭގެ ތާރީޚުގައި އެޅުނު ފުރަތަމަ ބުރިޖު "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު" އެޅިގެން ދިޔައީވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް