ކިޔަވާ ކުދިންގެ ކާޑު ޑޮލަރު ލިމިޓް 750 އިން 1200 އަށް ބޮޑުކުރަން ރައީސް ނިންމަވައިފި

ބޭންކް އޮފް މޯލްޑިވްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ޑޮލަރު ބޭނުންކުރެވޭ ލިމިޓް 750 އިން 1200 ޑޮލަރަށް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް މުއިއްޒު މި ނިންމެ...

25 Dec 2023 | 06:25

ބޭންކް އޮފް މޯލްޑިވްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ޑޮލަރު ބޭނުންކުރެވޭ ލިމިޓް 750 އިން 1200 ޑޮލަރަށް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މުއިއްޒު މި ނިންމެވުން ނިންމަވާފައިވަނީ އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންގެ މަޝްވަރާއަށްފަހުގައެވެ.

މިކަން ހާމަކުރައްވައި މިއަދު މީޑިއާއަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް އިބްރާހިމް ވިދާޅުވީ އެ ނިންމުމަކީ ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މަޝްވަރާ ކުރެވި ނިންމިގެންދިޔަ ނިންމުމެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ބޭރުގައި ކިޔަވަންތިބޭ ދިވެހި ދަރިވަރުންނަށް ޑޮލަރު ލިބުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ މި ނިންމުމަށް އަމަލުކުރަން ފަށާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށާއި ނިންމުން ތަންފީޒުކުރުމަށް ފިނޭންސް މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް