ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަންދުވަހުގެ ޝޯގައި ޕާފޯމް ކުރުމަށް ލަވަކިޔުންތެރިޔާ މުހައްމަދު ފާއިޒް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މުހައްމަދު ފާއިޒަކީ "ސުޕަސްޓާ ސިންގާ 2" ކާމިޔާބުކުރި ކުޅަދާނަ ލަވަކިޔުންތެރިޔާއެވެ.
އުއްޗުގެ ރިކުއެސްޓަކަށް ފާއިޒް ރާއްޖެ އަތުވެފައިވާއިރު މިއަދަކީ އުއްޗުގެ އުފަން ދުވަހެވެ. ނަމަވެސް އުފަންދުވަހުގެ ހާއްސަ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ކުރެއްދޫ އައިލެންޑް ރިޒޯޓުގައެވެ.
އުއްޗުގެ ދައުވަތަކަށް ފާއިޒް ރާއްޖެއަތުވެފައިވާއިރު އުއްޗު އަކީ ބޮލީވުޑަށް ލޯބިކުރައްވާ އަދި ބޮލީވުޑް ފަންނާނުންނާއި ގާތް ގުޅުންތަކެއް ބާއްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް