އިންޑިއާ އަށް ޒިޔާރަތްކުރާ ފަސް ޤައުމެއްގެ މީހުން އެ ޤައުމަށް އެތެރެވުމުގެ ކުރިން ކޮވިޑް 19 އަށް ޓެސްޓް ހަދަން މަޖުބޫރުކޮށްފިއެވެ.
އިންޑިއާ ސަރުކާރުގެ މި ނިންމުމަށް އަމަލުކުރަންޖެހޭ ޤައުމުތަކަކީ ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ، ހޮންގްކޮންގް އަދި ތައިލޭންޑް އެވެ.
އިންޑިއާ އިން ހުކުރު ދުވަހު ވަނީ އެޤައުމަށް ބޭރުން އަންނަ ފަތުރުވެރިން ރޭންޑަމްކޮށް ކޮވިޑް ޓެސްޓު ކުރަންވެސް ފަށާފައެވެ.
މި ފިޔަވަޅު އަޅާފައި މިވަނީ ކޮވިޑްގެ އާ ވޭރިއެއްޓެއް އެ ގައުމުން ފެނިފައިވާތީ ސަމާލުވުމަށް އިލްތިމާސް ކުރުމަށް ފަހު އެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ދުވާލަކު 3,400 އެއްހާ މީހުން އެ ގައުމުގައި ކޮވިޑް 19 އަށް ޕޮޒިޓިވްވެ އެވެ.
އިންޑިއާގައި ކޮވިޑްގެ ގިނަ ކޭސްތަކެއް ފެންނަމުންދާތީވެ، އެޤައުމުގެ ހެލްތް މިނިސްޓްރީން ވަނީ ކޮވިޑުން ރައްކާތެރިވެވޭނެ އައު ގައިޑްލައިނެއް ތައްޔާރުކޮށް އަމަލު ކުރަންފެށުމަށް ނިންމައިފައެވެ.
އެގޮތުން، ކޮވިޑްގެ އަލާމާތްތައް ފެންނަ ހިސާބުން އެކަހެރިކުރުމަށް ފެސިލިޓީއަށް ގެންދިއުމާއި ގައިޑްލައިނާ އެއްގޮތަށް އެމީހަކު އެކަހެރިކޮށް، ފެސިލިޓީއަށް ގެންދެވޭނެ ކަމަށް ވެސް އިންޑިއާގެ ހެލްތް މިނިސްޓްރީގެ ގައިޑްލައިންގައި ބުނެފައި ވެއެވެ.
ޗައިނާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ މި ހަފްތާގެ ކުރީކޮޅު އިންޑިއާ ސަރުކާރުން ވަނީ މީހުން އެއްވާ ސަރަހައްދުތަކަށް މާސްކު އަޅައިގެން ނުކުތުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް