ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މުޒާހަރާއަށް – ބަޔަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މާލޭގައި މިރޭ މުޒާހަރާކުރަމުންއެބަގެންދެއެވެ. މީޑިއާތަކ...

25 Dec 2022 | 17:14

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މާލޭގައި މިރޭ މުޒާހަރާކުރަމުންއެބަގެންދެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޕްރޮގްރެސިވް ކޯލީޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ އިހްތިޖާޖު ކުރިއަށްދަނި މަޖީދީމަގު ޗާންދަނީ މަގު ޖަންކްޝަންގައި ކަމަށެވެ.

ހީނާ މީޑިއާތަކާއި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެ މުޒާހަރާގައި ޕްރޮގްރެސިވް ކޯލީޝަންގެ ލީޑަޝިޕް ބޭފުޅުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބުރައީސް ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު އަދި ގައްސާން މައުމޫން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޕްރޮގްރެސިވް ކޯލީޝަނުން މިރޭ 22:00 ހާއިރު މައުލޫމާތު ދިންގޮތުގައި އެ މުޒާހަރާގެ ތެރެއިން 14 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި މާލޭގެ މަގުތަކުގައި އެ ކޯލީޝަނުން މުޒާހަރާކުރަމުން އަންނައިރު އާރަށުގެ މައްސަލައިގާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ މައްސަލައިގާ ޖުމްލަ 11 އަހަރުގެ ޖަލުހުކުމެއް މިއަދު ރައީސް ޔާމީންގެ މައްޗަށް ވަނީ އިއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް