ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު 15 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި  ޤުރުއާން ޓީޗަރަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ކްރިމިނަލް ކޯޓުން ނެރުނު ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބުނީ ކުޑަކުއްޖާއަށް އެފިރިހެން މ...

25 Dec 2022 | 16:56

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި  ޤުރުއާން ޓީޗަރަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބުނީ ކުޑަކުއްޖާއަށް އެފިރިހެން މީހާ ޖިންސީ ގޯނާ ކުރީ އެކުއްޖާ ގެއަކަށް ޤުރުއާން ކިޔަވަން ގޮސް އުޅެނިކޮށް ކަމަށެވެ.

އެގޮތުން މި ހާދިސާގައި އެފިރިހެން މީހާ ވަނީ ކުއްޖާގެ ގާތު ’ވަރަށް ލޯބިވެޔޭ‘ ބުނެ ކުއްޖާގެ މޭމަތީގައި އަތްލާފައެވެ.

މި މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކުރުމުން ވަނީ ދައުވާއަށް އިންކާރު ކުރާ ކޮށްފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ  އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއަށް އިންކާރު ކުރިޔަސް، ހެކިތަކުން ކުށް ސާބިތުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އޭނާ 15 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 13 އަހަރާއި އަށް މަހުގެ ޖަލު ހުކުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް