ރައީސް ޔާމީން ޖަލަށް ގެންގޮސްފި

އާރަށުގެ މައްސަލައިގާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު އިއްވި ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްގެ ދަށުން ޖަލަށް ގެންގޮސްފިއެވެ. ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއްގައި ދެ ހުކުމެއް...

25 Dec 2022 | 15:43

އާރަށުގެ މައްސަލައިގާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު އިއްވި ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްގެ ދަށުން ޖަލަށް ގެންގޮސްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއްގައި ދެ ހުކުމެއް މިއަދު އިއްވާފައިވެއެއެވެ. އެއީ ރިޝްވަތު ގަބޫލުކުރި މައްސަލައިގާ ހަތަރު އަހަރުގެ ޖަލު ހުކުކަމާއި މަނީ ލޯންޑަރ ކުރި މައްސަލައިގާ ހަތް އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެ މައްސަލައިގާ ފަސް މިލިޔަން ޑޮލަރުން ރައީސް ޔާމީން މިއަދު ޖޫރިމަނާވެސް ކޮށްފައިވެއެވެ.

ރައީސް ޔާމީންގެ އިތުރުން ރައީސް ޔާމީނަށް ރިޝްވަތު ދިން މައްސަލައިގާ ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް