އާރަށުގެ މައްސަލައިގާ ރައީސް ޔާމީނަށް ރިޝްވަތު ދިން މައްސަލައިގާ ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ހުކުމް އިއްވަމުން އިސްގާޒީ އަބްދުﷲ ޝަކީލް ވިދާޅުވީ ޔޫސުފް ނައީމްގެ ކުށަކީ ތިންވަނަ ދަރަޖައިގެ ކުށެއްކަމުގައިވާއިރު އަބަދު ލުއިކޮށްދޭން އެދުނު ނަމަވެސް އަދަބު ލުއިކުރާނެ ހާލަތެއް ނެތްކަމަށާއި އަދަބުގެ ދަރަޖަ މަތިކުރާ ހާލަތެއް ނެތްކަމަށެވެ. އެހެންކަމުން ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ޔޫސުފް ނައީމްގެ މައްޗަށް ވަނީ އިއްވާފައެވެ.
މިއަދު ޔޫސުފް ނައީމްގެ މައްޗަށް ހުކުމް އިއްވާފައިވާއިރު ރިޝްވަތު ހިފި މައްސަލައިގައްޔާއި މަނީ ލޯންޑަރކުރި މައްސަލައިގާ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް