ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ.
މީކާއިލް ވިދާޅުވީ ސަރުކާރުގެ ކަންކަމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް ރައީސް އަހު އެއްސެވިލެއް ވަރަށް ފުރިހަމަ ކަމަށް މީކާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ އުންމީދީ ކެންޑިޑޭޓަކީ ރައީސް ކަމަށެވެ.
މީކާއިލް މިއަދު ވަނީ އެމްޑީޕީގެ ކުރިޔަށް އޮތް ރިޔާސީ ޕްރައިމަރީގައި ރައީސަށް ވޯޓު ހޯދައި ދިނުމަށް މިއަދު ގަލޮޅު ދެކުނު ދާއިރާގައި ކެމްޕެއިންވެސް ކުރައްވާފައި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާއި ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ28 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް