ޖެނުއަރީ ޓްރާންސްފާގައި ކެސީ އާއި ބެލެރިން ނުވިއްކާނެ - ލަޕޯޓާ

އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ބާސެލޯނާގެ ދެ ކުޅުންތެރިން ކަމުގައިވާ ފްރެންކް ކެސީ އާއި ހެކްޓަރ ބެލެރިން ނުވިއްކާނެ ކަމަށް ބާސެލޯނާގެ ރައީސް ލަޕޯޓާ ބުނެފިއެވެ. އަންނަ ޖެނުއަރީ ޓްރާންސްފާގައި ކެ...

25 Dec 2022 | 11:41

އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ބާސެލޯނާގެ ދެ ކުޅުންތެރިން ކަމުގައިވާ ފްރެންކް ކެސީ އާއި ހެކްޓަރ ބެލެރިން ނުވިއްކާނެ ކަމަށް ބާސެލޯނާގެ ރައީސް ލަޕޯޓާ ބުނެފިއެވެ.

އަންނަ ޖެނުއަރީ ޓްރާންސްފާގައި ކެސީ އާއި ބެލެރިން ވިއްކާލަން އުޅޭ ކަމަށް މީޑިއާގައި ފެތުރެމުން އަންނަ ޚަބަރުތަކާއި ގުޅިގެން އެކަމަށް ރައްދު ދެމުން ލަޕޯޓާ ބުނީ މީޑިއާގައި ދެކެވެނީ މުޅިން ދޮގު ވާހަކަތަކެއް ކަމަށާއި ކެސީ އާއި ބެލެރިން ވިއްކާލަން ބާސާއިން މަސައްކަތް ނުކުރާކަމަށެވެ.

އެ ދެ ކުޅުންތެރިންނަކީ ބާސާއަށް ވަރަށް މުހިންމު ދެ ކުޅުންތެރިން ކަމަށާއި އެ ދެ ކުޅުންތެރިންގެ ބޭނުން ރަނގަޅު ގޮތުގައި ބާސާއިން ހިފަމުން އަންނަކަމަށް ވެސް ލަޕޯޓާ ވަނީ ބުނެފައެވެ.

" ކެސީ އާއި ބެލެރިން، މި ދެ ކުޅުންތެރިންނަކީ ވެސް ބާސާއަށް މުހިންމު ދެ ކުޅުންތެރިން. އެ ދެ ކުޅުންތެރިން ނުވިއްކާނަން. މީޑިއާގައި ފެތުރޭ ވާހަކަ ތަކަކީ ދޮގެއް، އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން އެއީކީ." ލަޕޯޓާ ބުނެފައިވެއެވެ.

ކެސީ ބާސެލޯނާއާއި ގުޅުނީ އިޓަލީގެ އޭސީ މިލާނުން މިއަހަރުގެ ޖޫން މަހުގައެވެ. ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކެސީ ބާސާއާ ގުޅުނުއިރު، އޭނާ ބާސާއާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖުލައިއަށެވެ. އަދި ހެކްޓަރ ބެލެރިން ބާސާއާއި ގުޅުނީ އާސެނަލުން މިއަހަ ސެޕްޓެމްބަރު މަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް