އައްބާސް އާދިލް ރިޒާގެ މަށްޗަށް ކުރެވިފައިވާ ތުހުމަތަތާއި ގުޅުުގެން ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
ފުލުހުން އައްބާސް ހައްޔަރު ކުރީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލައި ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.
މި މައްސަލައިގަ ޝަރުކާރުން ވަނީ ރާއްޖޭގައި ތިއްބަވާބޭރުގެ ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ބުނެފައި އެވެ
އައްބާސްގެ ގޮވާލުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީ އަކުންވެސް ވަނީ ކުށްވެރިކޮށްފަ އެެވެ.
އެބޭފުޅާއަކީ ރައީސް ވަހީދުގެ ސަރުކާރުގައި ތަރުޖަމާނު ކަމުގެ މަގާމާއި ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގެ އިތުރުން ކަސްޓަމްސްގެ ވެރިޔާގެމަގާމުވެސް ފުރުއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް