ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ މުއްދަތު ޖަހައިފި

މިދިޔަ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގައި ފުލުހުން ކުރިއަށް ހިންގި ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. މި މައްސަލައިގަ ފުުލުހުން ހައްޔަރު ކުރީ17 މީހުންނެ...

25 Dec 2022 | 10:49

މިދިޔަ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގައި ފުލުހުން ކުރިއަށް ހިންގި ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މި މައްސަލައިގަ ފުުލުހުން ހައްޔަރު ކުރީ17 މީހުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ބަންދަށް 15 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ގާތްގަނޑަކަށް ހަތް ކިލޯގެ މަސްތުވާތަކެއްޗާއި މިލިޔަނެއްހާ ރުފިޔާ އަތުލައިގަނެވުނުކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ. ހައްޔަރުކުރި 17 މީހުންނަކީ ޑްރަގް ޓްރެފިކްކުރުމުގައި އުޅޭ މަޝްހޫރު ގްރޫޕަކަށް ނިސްބަތްވާ ބައެއް ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް އެ ގުރޫޕާއި ގުޅޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރައްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް