ފްލައި ދުބާއީ ދަތުރުތަކާއި އެކު ގަން-ކޫއްޑޫގެ ދަތުރުތައް އިތުރު ކުރަނީ

ގައުމީ އެއާލައިން މޯލްޑިވިއަންއިން އައްޑޫ ސިޓީ ގަމާއި ގއ. ކޫއްޑޫ އެއާޕޯޓާއި ދެމެދު ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފި އެވެ. މޯލްޑިއަންއިން ބުނީ އިތުރު ކުރާ ދަތުރުތަށް ފަށާނީ އަންނަ 2023 ވަނަ އަހ...

25 Dec 2022 | 10:24

ގައުމީ އެއާލައިން މޯލްޑިވިއަންއިން އައްޑޫ ސިޓީ ގަމާއި ގއ. ކޫއްޑޫ އެއާޕޯޓާއި ދެމެދު ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފި އެވެ.

މޯލްޑިއަންއިން ބުނީ އިތުރު ކުރާ ދަތުރުތަށް ފަށާނީ އަންނަ 2023 ވަނަ އަހަރުގެ ފެބްރުއަރީ ހަތަރު ވަނަ ދުވަހު ކަމަށެވެ. އެއީ ފްލައި ދުބާއީގެ ދަތުުތައް ގަމާއި ދުބާއީ އާއި ދެމެދު ފަށާ ދުވަހެވެ.

މޯލްޑީވިއަންގެ މިދަތުރުތަކަކީ ފްލައި ދުބާއީން އަންނަ ޓޫރިސްޓޫންނަށް ފަސޭހަ ކުރުމުގެ ގޮތުން ބާއްވާ ދަތުރުތަކެކެވެ. މި ގެނެވުނު ބަދަލާއި އެކު ކޮންމެ ދުވަހަކު ކޫއްޑޫ އާއި ގަމާއި ދެމެދު އިތުރު ދަތުރެއް ކުރާނެ އެވެ.

މޯލްޑިވިއަނުން ބުނީ އެކި ސަރަހައްދުތަކުގެ ޑިމާންޑަށް އަންނަ ބަދަލުތަކާ ގުޅިގެން އާއްމުންނާއި ޓޫރިސްޓުންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމަކީ އެ އެއާލައިނުގެ ބޮޑު އަމަޒެއް ކަމަށެވެ. އެހެންވެ، ޑިމާންޑަށް އަންނަ ބަދަލުތަކަށް ބަލައި، ފްލައިޓުތައް އިތުރުކުރާނެ ކަމަށް ބުންޏެވެ.

މޯލްޑިވިއަންއިން ވަނީ މި ދަތުރުތަކުގެ ބުކިންސްއަށް މިހާރު ހުޅުވާލާފައި އެވެ.

ފްލައި ދުބާއީ އަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ކުރާނެ ފުރަތަމަ އިންޓަނޭޝަނަލް އެއާލައިން އެވެ. އެ އެއާލައިނުން ކޮންމެ ހަފުތާއެއްގައި 28 ދަތުރު ގަމަށް ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް