ވޯލްޑް ކަޕްގެ ޓްރޮފީއާ ހަވާލުވިއިރު މެސީ ލައިގެން ހުރި ބިޝްތުގެ ބަދަލުގައި އެއް މިލިއަން ރުފިޔާ ދޭނެ ކަމަށް އޮމާންގެ ލޯޔަރު އަދި މަޖްލީހުގެ މެމްބަރެއް ކަމުގައިވާ އަހްމަދުއަލްބަރްވާނީ ކުރެއްވި ޓްވީޓުގައިވެއެވެ.
ބިޝްތަކީ އަރަބި ފިރިހެނުން ޙާއްސަ މުނާސަބަތުތަކުގައި ލައިއުޅޭ ސަޤާފީ ހެދުންކޮޅެވެ. އަދި ވޯލްޑް ކަޕް ޓްރޮފީ ކާމިޔާބު ކުރުމުން އާޖެންޓީނާގެ މެސީ އަށް ބިޝްތުތުރުކޮށްދެއްވީ ޤަތަރުގެ އަމީރުގެ އަތްޕުޅުންނެވެ.
މެސީއަށް ޓެގު ކޮށްފައިވާ އެ ޓްވީޓުގައިވަނީ ބިޝްތުގެ ބަދަލުގައި އެއް މިލިއަން ޑޮލަރު ދޭން ތައްޔާރަށް ހުރި ކަމުގައެވެ. އަދި އެޓްވީޓުގައި މެސީ ހޯދި ކާމިޔާބަށް މަރުހަބާކިޔުއްވާފައިވެސް ވެއެވެ.
ޤަތަރުގެ ފަރާތުން މެސީއަށް ހަދިޔާކުރި އެ ބިޝްތުގެ އަގަކީ 2000 ޑޮލަރުކަމުގައިވެސް ފާހަގަކޮށްލަން ޖެހެއެވެ. މެސީ ގެ ފަރާތުން އެޓްވީޓަށް ޖަވާބެއް އަދި ދެއްވާފައިނުވާއިރު،ބިޝްތު އޭނާއަށް ދޭނެތޯ ނުވަތަ ނޫންތޯ މިއީ ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް