ބާރުގަދަ ސުނޯ ތޫފާން “ބޮންބް ސައިކްލޯން” ގައި ޔޫއެސް ގެ %60 އާބާދީގެ 200 މިލިއަނެއްހާ ރައްޔިތިން މޫސުމީ ނުރައްކަލުގެ ތެރޭގައިވާ ކަމަށް އެޤައުމުގެ ޙަބަރުތައް ބުނެއެވެ.
ތޫފާނުގައި މިހާތަނައް ގަނޑުވުމާއި ދުއްވާ ތަކެތީގެ ތެރޭ ތާށިވުމުގެ ސަބަބުން ޔޫއެސް އިން 18 ފަރާތަކު ނިޔާވެފައިވާއިރު އެއަވަަށުގެ ރައްޔިތުން ސިފަކުރަނީ ބޮންބް ސައިކްލޯން މި ތޫފާނަކީ ތާރީޙުގައިވެސް އެއަވަށް ކުރިމަތިވި އެންމެ ނުރައްކާތެރި ތޫފާންކަމުގައެވެ.
ނިއުޔޯކްގެ ގަވަރުނަރު ކެތީ ހޯޗުލް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ކިތަންމެ ގިނަ ސަލާމަތީ ވެހިކަލްތަކާއި އެންބިއުލާންސްތައް ހުރިކަމުގައި ވިޔަސް ތޫފާނުގެ ތެރޭގައި އެތަކެތި ދުއްވުން ވެފައިވަނީ ނާދިރު ކަމެއް ކަމުގައި ވެފާ ކަމަށެވެ. އެގޮތުން އެތައް ސަތޭކަ ބަޔަކު އަދިވެސް އެމީހުން އުޅަނދުތަކުގައި ތާށިވެފައި ތިބޭނެކަމަށް ޙަބަރުތަކުގައިވެއެވެ.
މި ތޫފާނުގެ ސަބަބުން ހޮނިހިރު ދުވަހު ޔޫއެސްގެ 3411 ފްލައިޓް ކެންސަލް ކޮށްފައިވާ ކަމަށާއި ގާތްގަޑަކަށް 3 ލައްކަ ގެއަކާ އެތައް ވިޔަފާރިތަކެއްގެ އިމާރާތްތަކުން ކަރަންޓު ކެނޑިފައިވާ ކަމުގައާއި 1.8 މިލިއަން ރައްޔިތުންތަކެއް ކަރަންޓާއި ނުލާ ދުވަސް ހޭދަކުރަމުންދާކަށް އަލްޖަޒީރާގެ ޙަބަރުގައިވެއެވެ.
“ބޮންބް ސައިކްލޯން” މި ތޫފާނަކީ ފާއިތުވެ ދިޔަ 10 އަހަރު ތެރޭ ޔޫރަޕްގެ ބައްރަށްވެސް އައި އެންމެ ބާރުގަދަ ތޫފާން ކަމުގައި ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް